logoEN
cocacola
ޔަހޫދީންގެ ހަމަލާތައް ހުއްޓާލުން ހުކުރު ދުވަހު ހެނދުނު، ހަމާސްއިން ޔަހޫދީން މިނިވަންކުރުން ހަވީރު

ޔަހޫދީންގެ ހަމަލާތައް ހުއްޓާލުން ހުކުރު ދުވަހު ހެނދުނު، ހަމާސްއިން ޔަހޫދީން މިނިވަންކުރުން ހަވީރު

އައިޝަތު އިފާޝާ

logo

11/23/2023, 7:31:48 PM

Palestine

ޔަހޫދީ އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުކުރު ދުވަހުގެ ހެނދުނު 7:00 ގައި ހުއްޓާލާނެ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ގޮސިޔާ

ހަމަލާތައް ހުއްޓާލުމަށް ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމާއެކު ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައި ތިބި ގައިދީން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނި ގޮތުގައި ހަމަލާތައް ހުއްޓާލުމަށްފަހު ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި ގައިދީންގެ ތެރެއިން ފުރަތަމަ 13 ގައިދީން ހުކުރު ދުވަހު ހަވީރު 4:00 ގައި މިނިވަން ކުރާނެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވިދާޅުވީ، ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި ޔަހޫދީންގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ މީހުން އެއް ފަހަރާ މިނިވަން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި ހުކުރު ދުވަހު ހަމަލާތައް ހުއްޓާލުމަށްފަހު ކުރިއަށް އޮތް ހަތަރު ދުވަހު ގައިދީން މިނިވަން ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، މި ހަތަރު ދުވަހުގެ ތެރޭގައި އެއްބަސްވެފައިވާ ގޮތަށް 50 ގައިދީން ހަމާސްއިން މިނިވަން ކުރާނެއެވެ.

އަލް އަންސާރީ ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކައި ޣައްޒާއިން ގައިދީން ނެރޭނެ މަގުތަކުގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި އެންމެ ބޮޑު މަގްސަދަކީ ގައިދީންގެ ރައްކާތެރިކަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަދި މި ހަތަރު ދުވަހުގެ ތެރޭގައި ހަމާސް ޖަމާއަތުން މިނިވަން ކުރާ ކޮންމެ ގައިދީއަކަށް އިސްރާއީލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 3 ރައްޔިތުން ދޫކޮށްލަން ޖެހޭނެއެވެ. އެގޮތުން ފުރަތަމަ އެއްބަސްވުމުގެ ދަށުން ޖުމްލަ 50 މީހުން އިސްރާއީލުން ދޫކޮށްލަން ޖެހޭނެއެވެ.

އިތުރު ތަފްސީލު އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ