
ooredoo
އުރީދޫ "ފަން ރަން" އާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެބިސިސް އާ ގުޅިގެން ބާއްވާ މި ޑްރޯން ރޭހަކީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. އެ އެއީ އެފްޕީވީ ޑްރޯންއަށް ހާއްސަ "ސްކައި އެލީޓް" ކެޓަގަރީ އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަ "ސްކައި ވޯކާ" ކެޓަގަރީ އެވެ.
"ސްކައި އެލީޓް" ކެޓެގަރީ ގައި ބައިވެރިވެވޭނީ މި އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ. މި ކެޓަގަރީގައި ވާދަކުރާ ބައިވެރިން އަމިއްލަ ޑްރޯން ގެންދަން ޖެހޭނެ އެވެ.
އަދި އެ ޑްރޯން އަކީ 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުރި ޑްރޯންއަކަށް ވާން ޖެހޭނެ އެވެ.
"ސްކައި ވޯކާ" ކެޓްގަރީގައި ބައިވެރިވެވޭނީ މި އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުގެ ނިޔަލަށް 12 އަހަރު ފުރިފައިވާ 12 އަހަރުން މަތީގެ ނޮން އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ. މި ކެޓަގަރީން ވާދަކުރާ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އެވެ.
މި ކެޓަގަރީގައި ވާދަކުރާ ބައިވެރިންނަކީ ރޭހުގެ ކުރިން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައި ވާންޖެހޭނެ އެވެ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރެޖިސްޓާ ކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން އަންގާނެ އެވެ.
އުރީދޫން ބުނި ގޮތުގައި މި ދެ ކެޓެގަރީގައި ގެ ރޭހުގައި ވެސް ގިނަ އޮބްސްޓެކަލްސް ހިމެނޭނެ އެވެ. އަދި ބައިވެރިން އިސްކަން ދޭން ޖެހޭނީ އޮބްސްޓެކްލްސްތައް ހުރަސްކޮށް އަވަހަށް ރޭސް ނިންމުމަށް ކަމަށް ވެސް ބުންޏެވެ.
މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށް ވެސް ރެޖިސްޓާރ ކުރެވޭނީ ކޮންމެވެސް އެއް ކެޓެގަރީއަށެވެ. މުބާރާތަށް އުރީދޫގެ ވެބްސައިޓުން ރަޖިސްޓާރކުރެވޭނެ އެވެ.