logoEN
Sto top
ޝަހީމްގެ ސްޕީޑު ބާރު: އިސްލާމް ދީނަށް ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށަނީ!

ޝަހީމްގެ ސްޕީޑު ބާރު: އިސްލާމް ދީނަށް ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށަނީ!

އަހުމަދު ޝުރާއު

logo

11/23/2023, 4:02:17 PM

F_ibt82aYAAh9zL

އިސްލާމް ދީނަށް ދިވެހި ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޚާއްސަ މަސައްކަތްތަކެއް ކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Wamco

މިނިސްޓަރ ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ދީނީ ހޭލުންތެރިކަން ޒުވާނުންގެ މެދުގައި އިތުރުކުރުމަށް ވައުދުވެފައިވުމާ ގުޅިގެން އިސްލާމްދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކާއި އިސްލާމީ ޢަޤީދާއާ ގުޅޭ މުހިންމު މައުޟޫޢުތަކަށް މުޖުތަމަޢު/ ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ހަދާ ދައުވާ ސްޓްރެޓެޖިކް ޕްލޭން ފައިނަލް ޑްރާފްޓް ވެފައިވާ ކަމަށެވެ.

އަދި ހޯމަ ދުވަހު މިނިސްޓްރީގެ ސީނިއަރ މެނޭޓްމަންޓް ބައްދަލުވުމުގައި ޕްލޭން އެންޑޯޒްކުރެވިގެންދާނެ ކަން ޝަހީމް ފާހަގަކުރެއްވި އެވެ.

View post on Facebook

ޝަހީމް އިތުރަށް ވިދާޅުވީ މި ޕްލޭންގައި ހިމެނޭ ހުރިހާ ފިލާވަޅުތައް ދިވެހި އަދި އިނގިރޭސި ބަހުން އެކި ޕްލެޓްފޯމްތަކުގައި ޢާއްމުކުރެވޭނެ ކަމަށާއި މީގެ ހުރިހާ މައުޟޫޢުތަކަށް ދެބަހުން ވީޑިއޯ ހަދާނީ ހަމަ ރާއްޖޭގެ ޒުވާން ޢިލްމުވެރިން ކަމަށެވެ.

އައު ސަރުކާރާއި އެކު އިސްލާމިކް މިނިސްޓްރީއާއި ޑރ ޝަހީމް ހަވާލުވެވަޑައިގެން ރާއްޖޭގެ ދީނީ ކަންކަން ކުރި އެރުވުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside