logoEN
Sto top
އަންހެނުންގެ ޖެވެލިން އުކުމުން އެއްވަނަ ލައުހާއަށް

އަންހެނުންގެ ޖެވެލިން އުކުމުން އެއްވަނަ ލައުހާއަށް

ހަސަން ޝަމްއޫން

logo

11/23/2023, 2:31:40 PM

IMG_20231123_143043

މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ ޖެވެލިން އުކުމުން އެއްވަނަ ކަސްޓަމް ރެކްރިއޭޝަން ކުލަބުގެ ލައުހާ ހުސެއިން ހޯދައިފިއެވެ.

Wamco

23 ނޮވެމްބަރު 2023 އިން 25 ނޮވެމްބަރު 2023 ގެ ނިޔަލަށް މާލޭ ސިޓީގެ ކުޅިވަރު އެކުވެނީ ޓްރެކް ދަނޑުގައި ކުރިޔަށްދާ މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 214 އެތްލީޓުންނާއި އެކު 15 އަންހެން އަދި 18 ފިރިހެން ޓީމު ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގައި މިއަދު ހެނދުނު ކުރިއަށްދިޔަ އިވެންޓުތަކުގެ ތެރެއިިން އަންހެނުންގެ ޖެވެލިން އިވެންޓުން ލައުހާ އެއްވަނަ ހޯދީ 25.38 މީޓަރ ދުރަށް ޖެވެލިން އުކައިގެންނެވެ.

24.13 މީޓަރު ދުރަށް އުކައިގެން މި އިވެންޓުން ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ ފާތުމަތު ފިރުޝާ އަބްދުﷲ އެވެ. އަދި މި އިވެންޓުން ތިންވަނަ ދަ ބްލެކް މާލިންގެ މިސްކާ މުހައްމަދު އިބުރާހިމް ހޯދީ 22.00 މީޓަރަށް އުކައިގެންނެވެ.

މިއިވެންޓުން ހަތަރުވަނަ ހޯދީ 21.67 މީޓަރު ދުރަށް އުކައިގެން ޓްރެކް އެންޑް ފީލްޑްގެ އައިޝަތު ޒަހާ އަހުމަދު ރިޒުވީ އަށެވެ. އަދި ފަސްވަނަ ހޯދީ 20.08 މީޓަރަށް އުކި ދަ ބްލެކް މާލިންގެ ފާތުމަތު ޒާރާ ޝަހީމް އެވެ. އަދި މިއިވެންޓުން ހަވަނަ ހޯދީ 12.75 މީޓަރަށް އުކައިގެން ޓްރެކް އެންޑް ފީލްޑްގެ ޢައިޝާ އައިލީން އަހުމަދު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside