
ޣައްޒާގައި އިސްރާއީލުގެ އިތުރު 11 އަސްކަރީ ވެހިކަލަކަށް ހަމަލާދީފި
breaking ބްރޭކިންގް
ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން އިސްރާއީލުގެ އިތުރު 11 އަސްކަރީ ވެހިކަލަކަށް ހަމަލާދީފިއެވެ.

އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ އަލް ޤުދުސް ބްރިގޭޑްސް އިން ބުނީ، ޣައްޒާ ސިޓީގެ އަލް ޒައިތޫން، ތަލް އަލް ހަވާ، އަލްޝާތީ، ޝެއިޚް ރަދުވާން އަދި ޖުހްރު އަލްޑިކްގެ އަވަށްތަކުގައި އިސްރާއީލުގެ އަސްކަރީ 11 ވެހިކަލަކަށް ހަމަލާދީފައިވާ ކަމަށެވެ.
އިސްރާއީލުގެ ވެހިކަލްތަކަކަށް ހަމަލާތަކެއް ދީފައިވާކަން އެ ޖަމާއަތުން ހާމަކޮށްފައިވީ ނަމަވެސް އެ ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތެއް އެޖަމާއަތުން ހާމަކޮަށްފައިނުވެއެވެ.
އަދި މިކަމާ ގުޅިގެން މިހާތަނަށް ޔަހޫދީ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ.
އިތުރު ތަފްސީލު އަންނަނީ...