
Alifushi-Dhaairaa-MP-Mohamed-Rasheed-Bigey
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އާ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު އިންތިހާބުކޮށްފިއެވެ.

ބިގޭ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެފައިވަނީ ޕީޖީ ލީޑަރަކު އިންތިހާބު ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުންނެވެ. އެގޮތުން ޕީޖީ ލީޑަރު ކަމަށް ބިގޭގެ އިތުރުން ކާށިދޫ މެމްބަރު އަބްދުﷲ ޖާބިރު އާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ވަނީ ވާދަކޮށްފައެވެ.
މިއަދު ކުރިޔަށް ގެންދިޔަ އިންތިހާބުގައި ބިގޭއަށް 28 ވޯޓު ލިބިވަޑައިގެންނެވި އިރު ޖާބިރު އަށް ވަނީ 20 ވޯޓު ލިބިފައި އެވެ. އަދި މްބަރު އަބްދުލް ޣަނީ އަށް ލިބިވަޑައިގެންނެވީ 4 ވޯޓެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގެ މަގާމުގައި ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމެވެ. އެ މަގާމުން އަސްލަމް އިސްތިއުފާ ދެއްވީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.