logoEN
Sto top
އަނިޔާ އިން ރަނގަޅުވެ ބެލިންހަމް ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އަނިޔާ އިން ރަނގަޅުވެ ބެލިންހަމް ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ހަސަން ޝަމްއޫން

logo

11/22/2023, 7:33:19 PM

IMG_20231122_193243

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ރެއާލް މެޑްރިޑްގެ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

Wamco

މިސީޒަނުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން 100 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ރެއާލް މެޑްރިޑާއި ގުޅުނު އުމުރުން 20 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވީ މިމަހުގެ 6 ވަނަ ދުވަހު ރެއާލް ވަޔޮކާނޯ އާއި ދެކޮޅަށް ކުޅެ އެޓީމު އެއްވަރުވި މެޗުގައެވެ.

އެމެޗުގައި ބެލިންހަމްގެ ކޮނޑުހުޅަށް ލިބުނު އަނިޔާއަށް ދަނޑުމަތީގައި ފަރުވާދިން ނަމަވެސް އޭނާ ވަނީ އެމެޗުގެ 90 މިނެޓް ކުޅުން ފުރިހަމަކޮށްފައެވެ. އަދި ޖެހިގެންއައި މެޗުގައި ރެއާލް މެޑްރިޑް ޕޯޗުގަލްގެ ބްރާގާ އާއި ދެކޮޅަށް ކުޅުނު މެޗުގައި މެޗު ސްކޮޑުގައި ހިމެނުނު ނަމަވެސް އެމެޗުގައި ބެލިންހަމް ކުޅެފައެއް ނުވެއެވެ.

މީގެއިތުރުން ލަލީގާގައި ވެލެންސިއާ އަތުން 5-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މެޗުގެ އިތުރުން ޔުއެފާ ޔޫރޯ ކޮލިފައިންގައި މިހަފްތާގައި އިނގިރޭސި ގައުމީ ޓީމުން ކުޅުނު ދެމެޗަށް އެކުލަވާލި ސްކޮޑުގައި ވެސް އަނިޔާގައި ހުރުމުން ބެލިންހަމް ހިމަނާފައެއް ނުވެއެވެ.

މިސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެޓީމުގައި އެންމެ ވިދުން ގަދަ ތަރިއަކީ މިއަހަރުގެ ބެލެންޑޯ އެވޯޑް ނައިޓުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ބެލިންހަމް އެވެ. އޭނާ ވަނީ މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު 14 މެޗުގައި އެޓީމަށް 13 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ލީގުގައި ރެއާލް މެޑްރިޑަށް ކުރިއަށް އޮތީ މިމަހުގެ 26 ވަނަ ދުވަހު ރަށުން ބޭރުގައި ކާޑިޒް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މިމެޗުގައި ބެލިންހަމް ފެނުމުގެ ފުރުސަތު ބޮޑު ނަމަވެސް މިހަފްތާގައި ގައުމީ ޓީމަށް ކުޅެނިކޮށް އެޓީމުގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ވިނީޝިއަސް ޖޫނިއަރ ގެ އިތުރުން ކަމަވިންގާ އަށް ވަނީ އަނިޔާވެ، ކުޅުމާއި ދުރަށްދާންޖެހިފައެވެ.

މިސީޒަނުގައި ރެއާލް މެޑްރިޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މިހާރުވެސް އެޓީމުގެ ގޯލްކީޕަރު ކޯޓުއާ، ޑިފެންޑަރު މިލީޓޯ އަދި މިޑްފީލްޑަރު ޗުއެމިނީ ގެ އިތުރުން ކޯޓުއާ އަށް އަނިޔާވެގެން ގެނައި ކެޕާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside