
ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި
Screenshot 2023-11-22 at 16.57.15
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް ރައީސް މިއަދު އައްޔަނުކުރެއްވީ މއ. ނައިލޯނުގެ، ޢަލީ ޝަރީފް އެވެ. އެމަގާމަށް އަލީ ޝަރީފް އައްޔަނުކުރައްވައި ރައީސް ވަނީ މިއަދު އޭނާއަށް މަގާމުގެ ފަތްކޮޅު އަރުވާފައި އެވެ.
އަލީ ޝަރީފްގެ އިތުރުން މިއަދު ވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުންވެސް އައްޔަނުކުރައްވާފައި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އަދި 5 ދުވަސް ވެފައިވާއިރު އެމަނިކުފާނު ގެންދަވަނީ ސަރުކާރު ހިންގެވުމަށް ބޭނުންފުޅުވާ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރައްވަމުންނެވެ.