logoEN
Sto top
ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި، ޗެއާ ކުރެއްވީ ނައިބު ރައީސް!

ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި، ޗެއާ ކުރެއްވީ ނައިބު ރައީސް!

އަހުމަދު ޝުރާއު

logo

11/22/2023, 4:46:39 PM

330319_90b70014-5_

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، 'ހަފްތާ 14' ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްޞާކުރައްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންގެ މަޝްވަރާކުރެއްވިއެވެ.

'ހަފްތާ 14' ގައި ޖުމްލަ 161 ވައުދު ހިމެނޭއިރު އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުތަކެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، 'ހަފްތާ 14' ތަންފީޒުކުރުމަށް އެވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside