logoEN
ޕީއެންސީ 2
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :  އައުޓްލޯޒް ބަލިކޮށް ހޯބަހަކުން ފައިނަލަށް

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : އައުޓްލޯޒް ބަލިކޮށް ހޯބަހަކުން ފައިނަލަށް

އަހުމަދު ޝުރާއު

logo

3/6/2021, 9:43:44 PM

DSC_2096

އެސްޓީއޯ ހަވަރު ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި އައުޓްލޯޒް ކުއީންސް ބަލިކޮށް ހޯބަހަކުން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

ޝަރީ 2024

މިރޭ އާރު އަވަރު ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ހޯބަހަކުން ކާމިޔާބުކުރީ ދެހާފް އެއްވަރުވެގެން ނިމި ކުޅުނު އިތުރު ވަގުތުގެ ދެހާފުން މޮޅުވެ 14-8 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހޯބަހަކުންގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 12) ފާތިމަތު ފައިރޫޒާ އާދަމް 4 ގޯލް ، (ޖާޒި ނަމްބަރު 13) ލައުހާ ހުސައިން 1 ގޯލް ، ( ޖާޒީ ނަމްބަރު 14) ފާތިމަތު އަރުޝާ 2 ގޯލް ، ( ޖާޒީ ނަމްބަރު 6) ޒުލައިހާ އިބްރާހިމް 6 ގޯލް ، ( ޖާޒީ ނަމްބަރު 9) ޝިބާހަތު ހަނީފް 1 ގޯލްއެވެ.

މިމެޗުގެ ގޯލުތަށް އައުޓްލޯޒް ކުއީންސްއަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 8) ޔަސްފާ އާދަމް 5 ގޯލް ، (ޖާޒި ނަމްބަރު 11) މައިޝާ މުސްތަފާ 2 ގޯލް ، ( ޖާޒީ ނަމްބަރު 13) ފާތިމަތު ނިއުޝާ 1 ގޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހޯބަހަކުންގެ ޖާޒީ ނަންބަރު 6 ޒުލޭހާ އިބްރާހިމް

ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވެގެންދާނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލަށް ފަހު އެވެ. ދެވަނަަ ސެމީގައި ވާދަކުރާނީ ހޭޔަންބޯ އާއި އެވިޑް ސްޓޫޑެންޓް ކައުންސިލެވެ.

ސެމީ ފައިނަލަށް ހޯބަހަކުން ދަތުރުކުރީ ގްރޫޕް B ގެ ދެވަނައިގައި އޮވެއެވެ. އަދި އައުޓްލޯޒް ކުއީންސް ދަތުރުކުރީ ގްރޫޕް A ގެ އެއްވަނައިގައި އޮވެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ