ދިވެހިބަހުގެ އެކެޑަމީ ހިންގުމުގައި ހުރި ދަތިތަކާގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިބަހުގެ އެކެޑަމީ ހިންގުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއާއި މަޝްވަރާކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ކައުންސިލް މެންބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގައި އެ އެކެޑަމީގެ ކަންކަން ފަސޭހަކުރުމަށްޓަކައި ވުޒާރާއިން ކުރައްވަން ނިންމަވާފައި ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކެޑަމީ ހިންގުމުގައި މިހާރު ހުރި ދަތިތަކަކީ ކޮބައިތޯ ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢުއަށް ދިވެހިބަހުގެ އެކަޑެމީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ބަހުގެ އެކެޑަމީއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެކެޑަމީއިން ވަނީ ވަޒީރަށް ދެއްވާފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ބާއްވަވާ ހަރަކާތްތައް މިއަށްވުރެ ކުލަގަދަކޮށް ފާހަގަ ކުރުމާއި، ދަރިވަރުންނަށް ލިބޭ އިނާމުތައް ރަނގަޅު ކުރެވޭނެ ގޮތްތަކާގުޅޭ ގޮތުންވެސް މި ބައްލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް