ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ހަލީމް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ  މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އެ މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް