މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ ހިންގުން ބެލެހެއްޓުމަށް ގަވަރނިން ބޯޑު އަލުން އެކުލަވާލަނީ

މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ، "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.

މި ބޯޑަކީ މާލޭ ސަރަޙައްދުގެ މައި ހޮސްޕިޓަލްތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓެވުމަށް އުފައްދަވާފައިވާ ގަވަރނިންގ ބޯޑެކެވެ.

މި ގަވަރނިންގ ބޯޑުން ބަލަހައްޓާ ހޮސްޕިޓަލްތަކުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ.

މިބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިން ބޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މި ބޯޑު އިދާރީގޮތުން ހިނގަމުންދާނީ ޞިއްޙީ ވުޒާރާގެ ދަށުންނެވެ.

މިބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް އަލުން އެކުލަވައިލެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް