ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އަޅާނެ ބިން ކަނޑައަޅައިފި

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އަޅާނެ ބިން ސަރުކާރުން ކަނޑައަޅައިފިއެވެ.

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އައު އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައިވެސް އަރަބިއްޔާ ސްކޫލްގެ މަސައްކަތް ފެށުން ހިމެނެއެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ބެލެނެވެރިން ޝަކުވާކުރަމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް