މިއަދު ނޫނީ މާދަމާ އިސްރާއީލުގެ ހަމަލާތައް ހުއްޓާލުމަށް މަޝްވަރާ ކުރަނީ

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މިއަދު ނޫނީ މާދަމާ ހުއްޓާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަނީ ޤަތަރާއި އިސްރާއީލުން މިހާރު ގެންދަނީ ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލަން އެއްބަސް ވުމާއެކު ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެެވެ. އެގޮތުން މިރޭ ނުވަތަ މާދަމާ ހެނދުނުގެ ވަގުތެއްގައި ހަމަލާތައް ހުއްޓާލާނެ ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އަދި މިހާރު ކުރިއަށް ގެންދަނީ ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދޫކޮށްލުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހޯދުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ގަތަރު ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ ޔަހޫދީން މިނިވަން ކުރުމުގެން އެންމެ ފަހުގެ މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ.

ގަތަރުން ގެންދަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި ހަމާސް ޖަމާއަތުން ހައްޔަރުކޮށްފައި ތިބި 240 މީހުންގެ ތެރެއިން ބައެެއް މީހުން ދޫކޮށްލުމުގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަމުންނެވެ.

ހަމާސް ޖަމާއަތުން ވަނީ ދޫކޮށްލާނެ މީހުންގެ ލިސްޓެއް ހުށަހަޅާނެ ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ބޭނުންވަނީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުން އެއްފަހަރާ ދޫކޮށްލުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އިސްރާއީލުން އެގޮތަށް އެއްބަސްވާނެ ކަމަށް ނުބެލެވެއެވެ.

ހަމާސް އިން ބުނަމުންދަނީ، ސަލާމަތީ ސަބަބުތަކަށްޓަކައި އެއްފަހަރާ އެންމެން ދޫކޮށްލެވެން ނެތް ކަމަށާއި، އެކަން ކުރެވޭނީ ފަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ތެެރޭގައި ކަމަށެވެ.

އަދި ހަމާސް ޖަމާއަތުން ގައިދީން ދޫކޮށްލާއިރު އެ ގައިދީން އިސްރާއީލަށް ގެންދިއުމުގައި އިންޓަރނޭޝަނަލް ރެޑް ކްރޮސް އިން އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް