ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާއެއްގައިި އުމުރުން ދުވަސްވީ އަންހެނަކު ޝަހީދުވެ، އޭނާގެ މާމަ ދަރިފުޅު ޒަޚަމްވެއްޖެއެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ކްފަރު ކިލާގެ މީހުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އުމުރުން 80 އަހަރުގެ އަންހެނަކު ޝަހީދުކޮށްފައިވާ ކަމަށެވެ.
މި ހަމަލާގައި ޝަހީދުވެފައިވަނީ ލައިކާ ސަރްހާން ކިޔާ މީހެކެވެ. އަދި އޭނާގެ މާމަ ދަރިފުޅަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށްވެސް އެގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ.
އިތުރު ތަފްސީލު އަންނަނީ…