logoEN
cocacola
ހޭޔަމްބޯ އަދި އެވިޑް އެސްސީ - ދެޓީމުގެ ކޯޗުންގެ ބަސް

ހޭޔަމްބޯ އަދި އެވިޑް އެސްސީ - ދެޓީމުގެ ކޯޗުންގެ ބަސް

ސަދއ

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައިސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހޭޔަމްބޯ އަދި އެވިޑް އެސްސީ ވާދަކުރާނެއެވެ.

ގޮސިޔާ

މިދެޓީމު ސެމީ ފައިނަލު ދަތުރުކޮށްފައި ވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހު ގުރޫޕް ސްޓޭޖުގެ އެހެން ޓީމުތަށް ކަޓުވާލުމަށްފަހުއެވެ. އެގޮތުން ގުރޫޕް ބީ ގެ އެއްވަނަ ހޯދި ހޭޔަމްބޯ ސެމީ ގެ ޖާގަ ޖަށަވަރުކޮށްފައި ވަނީ ހުރިހާ މެޗަކުން މޮޅުވެގެން ޖުމްލަ 12 ޕޮއިންޓު ހޯދައިގެންނެވެ. އެވިޑް އެސްސީ އިން މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައި ވަނީ ގުރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައި އެވެ. ޖުމްލަ 6 ޕޮއިންޓު ހޯދި މިޓީމަކީ އެހެން ޓީމުތަކާއި ހިލާފަށް ހުވަދޫ އަތޮޅުގެ ކުޅުންތެރިން ގެ މައްޗަށް އެކުލެވޭ ވަރުގަދަ ޓީމެކެވެ.

ގާފު އަށް މައުލޫމަތު ދެމުން ހޭޔަންބޯގެ ކޯޗު ސަދޫގު ވިދާޅުވި ގޮތުގައި ސެމީ އަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި އުއްމީދަކީ މެޗުގައި ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ. މުބާރާތުގައި ފޭވަރިޓެއް ގޮތުގައި ގިނަ ބަޔަކު ދެކޭ ހޭޔަމްބޯ ޓީމު ވާދަކުރަން ހަމަޖެހިފައިވަނީ ގުރޫޕް އޭ ގެ ދެވަނަ ޓީމު އެވިޑް އެސްސީ އާއި އެވެ. މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ސަޕޯޓަރުންނަށް ކޯޗު ވަނީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް ސާޕޯޓްކުރުމަށް އެދިފައެވެ.

އެވިޑް އެސްސީގެ ކޯޗު ނަސީރާ މުހައްމަދު ގާފު އަށް މައުލޫމަތު ދެމުން ވިދާޅުވީ ސެމީ އަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި އުއްމީދަކީ މެޗުގައި ހޭޔަމްބޯ ގެ ޓީމާއި ދެކޮޅަށް ރަނގަޅު ވާދަވެރި ކުޅުމަކަށް ފަހު ފައިނަލަށް ދަތުރުކުރުމެވެ. އަދި ސެމީ ދަތުރުކުރުމުގައި ކުޅުންތެރިން ހިއްސާ ވަރަށް ބޮޑުކަމަށާއި އެވިޑު އެސްސީ ޓީމުގެ ކުޅުންތެރިން ކުރަމުން އަންނަ ހިތްވަރަށް ސާބަސް ދޭ ކަމަށް ވެސް ކޯޗު ބުންޏެވެ.

މިރޭ މިދެޓީމު ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައި އެވެ. މިރޭ ކުޅޭ ފުރަތަމަ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް A ގެ އެއްވަނަ ހޯދި އައުޓްލޯޒް ކުއީންސް އާއި ގްރޫޕް B ގެ ދެވަނަ ހޯދި ހޯބަހަކުންއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ