logoEN
cocacola
ދިވެހިން ޓްރެވެލަރ ޑެކްލަރޭޝަން ފޯމް ފުރަން ނުޖެހޭގޮތަށް ހަދައިފި

ދިވެހިން ޓްރެވެލަރ ޑެކްލަރޭޝަން ފޯމް ފުރަން ނުޖެހޭގޮތަށް ހަދައިފި

އަލްފާ އަލީ

logo

11/21/2023, 8:17:42 AM

Maldives-Immigration

ރާއްޖެ އަންނަ ދިވެހިންނާއި އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް 'ޓްރެވެލަރ ޑެކްލަރޭޝަން' ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ހަދައިފި އެވެ.

ގޮސިޔާ

މި ނިންމުމަކީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ރަސްމީކޮށް އިއްޔެ ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ނިންމި ފުރަތަމަ ނިންމުމެވެ.

ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރި ކުރުމުގެ ގޮތުން 2020 ޖުލައި 15 ވަނަ ދުވަހު 'ޓްރެވެލަރ ހެލްތް ޑެކްލަރޭޝަން' ފޯމު އަލަށް ތަޢާރަފްކުރެވުނެވެ. އަދި އެއަށްފަހު، 2021 މާރިޗު 14 ވަނަ ދުވަހު މި ފޯމު ވަނީ އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި 'ޓްރެވެލަރ ޑެކްލަރޭޝަން' ގެ ނަމަށް ބަދަލުކޮށްފައެވެ. އަދި މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ އެންމެހާ ފަރާތްތަކުން ފުރިހަމަކުރަން ޖެހެއެވެ.

މި ފޯމަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން އަދި ރާއްޖެއިން އެހެން ގައުމުތަކަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ފުރަން މަޖުބޫރުކޮށްފައިވާ ފޯމެކެވެ. 'ޓްރެވެލަރ ޑެކްލަރޭޝަން' ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކްލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އިމިގްރޭޝަންގެ ޚިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ