މަގާމެއްގައި ހުއްޓަސް ނެތަސް، އިސްލާމީ ޚިދުމަތުގައި ދެމިހުންނާނަން – ޑރ ޝަހީމް

މަގާމެއްގައި ހުއްޓަސް ނެތަސް، އިސްލާމީ ޚިދުމަތުގައި ދެމިހުންނާނެ ކަމަށް މި ސަރުކާރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ގަމާމަށް އައްޔަން ކުރެއްވި ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މިސަރުކާރުން އެކުލަވާލި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ނޫހެއްގައި ޖަހާފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެނޫހުން ބުނެފައިވާ ގޮތުގައި، ޑރ ޝަހީމްގެ އިތުރުން 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގައި ދަނީ މަޝްވަރާކުރަމުންނެވެ.

އެކަމާއި ގުޅިގެން ޝަހީމް ވިދާޅުވީ، ހެނދުނު 07:30 ގައި އޮފީސް އަށް ވަދެ ރޭގަނޑު 12 ޖަހަންދެން މަސައްކަތް ކުރާނީ ގައުމުގެ އެންމެ މަތީވެރިޔާ ހަވާލުކުރެއްވި އިސްލާމީ މަތިވެރި ވާޖިބު އިހްލާސްތެރިކަމާއެކު އަދާކުރެއްވުމަށް ކަމަށެވެ.

އަދި މަގާމެއްގައި ހުއްޓަސް ނެތަސް އިސްލާމީ ޚިދުމަތުގައި ދެމިހުންނާނެ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް