logoEN
Sto top
ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 13،300 އިން މައްޗަށް

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 13،300 އިން މައްޗަށް

އައިޝަތު އިފާޝާ

logo

11/20/2023, 11:12:48 PM

New Project (5)

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 13،300 އިން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Wamco

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުގެ ތަރުޖަމާނު އިސްމާއިލް ތަވާބްތާ ވިދާޅުވީ ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 13،300 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 5،600 އަށްވުރެ ގިނަ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި 4،000 އަށްވުރެ ގިނަ މީހުން ތާށިވެފައި ތިބުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ބެލެވެއެެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ އިސްރާއީލުން ގެންދަނީ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދަމުންދާ ސްކޫލްތަކާއި، މިސްކިތްތައް އަދި ހޮސްޕިޓަލްތަކަށްވެސް ހަމަލާދެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside