logoEN
Sto top
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 4 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން - ފުލުހުން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 4 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން - ފުލުހުން

އަހުމަދު ޝުރާއު

logo

11/20/2023, 8:56:22 PM

Screenshot 2023-11-20 at 20.52.41

ހުޅުމާލޭ ފޭސް 1 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

Wamco

އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާއި ތިން ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން އުޅޭތީ އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިއެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް ފަރާތަކުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ސައިކަލުތަކުގައި ޖެހިގެންނެވެ. އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ގާފު ނޫހަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside