މުލީއާގޭގެ ސްޓޭޓް މިނިސްޓަރަކަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ކައުންސިލަރު ޝަމްނާޒް!

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލިއާގޭގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުލިއާގޭގެެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވީ އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އެވެ.

ޝަމްނާޒް އަކީ މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅާއާއެވެ. ސްޓޭޓް މިނިސްޓަރުކަމާއިި ހަވާލުވެވަޑައިގަތުމަށް ޝަމްނާޒް މާލެ ސިޓީ ކައުންސިލުގެ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައި އެވެ.

ސިޓީ ކައުންސިލުގެ އިތުރު ދެ މެމްބަރަކު ވެސް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވިއެވެ. އިސްތިއުފާދެއްވާފައި ވަނީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ނާސިރެވެ. ރައީސް މުޢިއްޒުއާއި އަރިސް މި ދެބޭފުޅުން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުންގެ މަޤާމަށް އައްޔަނު ކުރައްވައިފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް