logoEN
WAMCO TOP 1
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަޤާމު ދަށްކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަޤާމު ދަށްކޮށްފި

އަލްފާ އަލީ

logo

11/20/2023, 4:48:04 PM

370347-3-cb1186ee064ed092b8e73357d348be4666c75b16-large-876x565-1-1

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމް ދަށްކޮށްފި އެވެ.

THE TRAVELLER AD

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމް ދަށްކޮށްފައިވަނީ، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ އެވެ.

ޖޭއެސްސީން ބުނީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވާކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީއާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީ ޖޭއެސްސީން ވަނީ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

އެގޮތުން ޖޭއެސްސީން ވަނީ، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މަގާމުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް މިހާރު ވަނީ ދަށްކޮށްފައެވެ.

މީގެ ކުރިން އަލީ އާދަމްއާ ގުޅޭ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ފަހު އެ ދެ މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތުވާތީ، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ދެ ފަހަރެއްގެ މަތިން ފޮނުވާފައިވެއެވެ. މި މައްސަލައަށް މިހާތަަނަށް މަޖިލީހުން ގޮތެއް ނިންމިފައިނުވާތީ ޖޭއެސްސީން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC