logoEN
Sto top
ޔަހޫދީންގެ 6 އަވަށަކަށް އަނެއްކާވެސް ހަމާސްއިން ހަމަލާތަކެއް ދީފި

ޔަހޫދީންގެ 6 އަވަށަކަށް އަނެއްކާވެސް ހަމާސްއިން ހަމަލާތަކެއް ދީފި

އައިޝަތު އިފާޝާ

logo

11/20/2023, 12:10:48 PM

Israel

ޔަހޫދީ އިސްރާއީލުގެ 6 އަވަށަކަށް އަނެއްކާވެސް ހަމާސް ޖަމާއަތުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

Wamco

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާ-އިސްރާއީލު ބޯޑަރު ސަރަހައްދުގެ 6 ސިޓީއެއްގައި ހަމަލާތަކުގެ އިންޒާރު ސައިރެން އަޅާފައިވާ ކަމަށެވެ.

އެގޮތުން ސްޑެރޯޓް، އިބިމް، ނިރް އަމް، އެރޭޒެ، ޔާދް މޮރެޑެޗައި އަދި ނެޓިވް ހަސާރާ އަވަށްތަކަށް ހަމަލާތަކުގެ އިންޒާރު ދީފައިވާ ކަމަށާއި، މި ހަމަލާތައް ފޮނުވާލާފައިވަނީ ޣައްޒާގެ އެތެރެއިން ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ ތެރެއިން ބައެއް އަވަށްތަކަކީ މިދޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ހަމަލާތަކަށްފަހު އާންމުންގެ ގިނަ ބަޔަކު ހުސްކޮށްފައިވާ އަވަށްތަކެކެވެ.

މިހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އިތުރު ތަފްސީލު އަންނަނީ..

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside