logoEN
ޕީއެންސީ 2
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކައުންސިލް އިންތިހާބު ކެމްޕޭން ރީ-ލޯންޗިންގ މިރޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކައުންސިލް އިންތިހާބު ކެމްޕޭން ރީ-ލޯންޗިންގ މިރޭ

އަހުމަދު ޝުރާއު

logo

3/6/2021, 7:11:46 PM

big_kr9uoX1nSxCmKLtTtVkN0iyM5

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކައުންސިލް އިންތިހާބު އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ކެމްޕޭން އަލުން ފެށުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެއެވެ.

ޝަރީ 2024

"މާގޭ ރާއްޖެ-މަގޭ ވޯޓު ރުކަށް" ނަމުގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕާޓީ އޮފީހުގައި އެވެ. އަދި މި ޖަލްސާގައި އެހެން ރަށްރަށުގެ ކެންޑިޑޭޓުން ބައިވެރިވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

މި ޖަލްސާގައި ޕީޕީއެމް / ޕީއެންސީ އަށް ނިސްބަތްވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ތަކުގެ މޭޔަރުކަމަށް ކުރިމަތި ލާފައިވާ ފަރާތްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެކަމަށް އެޕާޓީއިން މައުލޫމާތު ދެއެވެ. އަދި މި ޖަލްސާ ކުރިޔަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިންްއާ އެއްގޮތަށް ކަމަށް އެ ކޯލިޝަނުގެ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވަނީ މީގެ ކުރިން ބުނެފައިއެވެ.

މި ޖަލްސާގައި ސިޓީތަކަށް ކުރިމަތި ލެއްވި މޭޔަރުން ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ނިންމާފައިއެވެ. އަދި ރައްޔިތުންނަށް ދޭން ބޭނުންވާ ވަަރަށް މުހިންމު ވާހަކަތަކެއް ހިއްސާކުރުމަށް ނިންމާފައިވާކަމަށްވެސް އިދިކޮޅު ލީޑަރޝިޕްއިން ބުނެއެވެ.

އިންތިހާބުގައި ހަމަހަމަކާމާއެކު ކެމްޕޭން ކުރުމަށް ފުރުސަތު ނެތް ކަމަށް ބުނެ އީސީއަށް ބޮޑެތި ތުހުމަތުތަކެއް އިދިކޮޅުން އަންނަނީ ކުރަމުންނެވެ. "ކޮންމެ ހާލެއްގައިވިޔަސް" އިންތިހާބުން ވާދަވެރި އެމްޑީޕީ ބަލި ކުރާނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނި އަންނަ މަހު 10 ވަނަ ދުވަހުއެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ