ޣައްޒާގައި ޔަހޫދީންގެ އިތުރު ދެ ސިފައިން މަރާލައިފި

ޣައްޒާގައި ޔަހޫދީންގެ އިތުރު ދެ ސިފައިން މަރާލައިފިއެވެ.

ޔަހޫދީ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އަރައިގަނެ ހިންގަމުންދާ އޮަޕަރޭޝަންތަކުގައި ހަމާސް ޖަމާއަތުން ދިން ހަމަލާއެއްގައި އިތުރު ދެ ސިފައިން މިއަދު މަރުވެފައިވާ ކަމަށެވެ. އެއާއެކު ޣައްޒާގައި މަރުވި ޔަހޫދީ ސިފައިންގެ އަދަދު މިވަނީ 65 އަށް އަރާފައެވެ.

ހަމާސްގެ ހަމަލާތަކުގައި މިއަދު މަރުވި ޔަހޫދީ ސިފައިންނަކީ އުމުރުން 20 އަހަރުގެ ދިވީރު ބަރަޒާނީ އާއި، އުމުރުން 20 އަހަރުގެ ޔިނޮން ތަމީރު އެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ހަަމަލާއަށްފަހު މިހާތަނަށް ހިނގި ކުރިމަތިލުންތަކުގައި މަރުވި ޔަހޫދީ ސިފައިންގެ އަދަދު 400 އާއި ގާތްކުރެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް