ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 13،000 އިން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހަމާސް ޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 5،500 އަށްވުރެ ގިނަ ކުޑަކުދިންނާއި، 3،500 އަށްވުރެ ގިނަ އަންހެނުން އަދި އުމުރުން ދުވަސްވީ 360 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.
އަދި ޔަހޫދީންގެ ހަމަލާތަކުގައި 30،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ހާލު ސީރިއަސް އެތައް ހާސް ބަޔަކު ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފަލަަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި 4،000 އަށްވުރެ ގިނަ މީހުން ތާށިވެފައި ތިބުމުގެ ސަބަބުން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.