logoEN
cocacola
ޑަބްލިޔުއެޗްއޯއަށް ފުރިހަމަ އެއްބާރުލުން ދޭނަން - ޗައިނާ

ޑަބްލިޔުއެޗްއޯއަށް ފުރިހަމަ އެއްބާރުލުން ދޭނަން - ޗައިނާ

އަހުމަދު ޝުރާއު

logo

3/6/2021, 3:33:48 PM

5f7b5f9055428114a0432fe5

ގޮސިޔާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް އެހީތެރިވުމުގައި އަމަލީ ގޮތުން ބައިވެރިވެ ކޮވިޑަށް ފަރުވާއެއް ހޯދުމާއި ވެކްސިން ސަޕްލައި ކުރުން އަދި މިފަދައިން ބޭނުން ޖެހޭ ކޮންމެ ކަމެއްގައި އެ ޖަމިއްޔާއަށް އެއްބާރުލުން އެޖަމިއްޔާއަށް ލިބޭނެކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން މިހެން ބުނެފައިވަނީ ޗައިނާ ސަރުކާރުން 2021 އަށް ކަނޑައެޅި "ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްލޭން" ގައި އެެވެ. އެގޮތުން ޑަބްލިޔުއެޗްއޯއަށް ވެދޭ އެހީތެރި ކަމެއް ގޮތުގައި ފަގީރު ގައުމުތަކަށް އަދި އަމަލީ ގޮތުން ބައިވެރިވާން ދަތި ގައުމުތަކަށް އެހީތެރިވެ ދޭނެ ކަމަށާއި ޑަބްލިޔުއެޗްއޯގެ އެޖެންޑާތައް ތަންފީޒު ކުރުމުގައި ވެސް ހަރަކާތްތެރި ވާނެ ކަމަށް މި ޕްލޭންގައިވަނީ ބުނެފައި އެވެ.

ގައުމުތަކުގައި ސިއްހީ ފަންނުވެރިން އުފެއްދުމުގައި ޗައިނާގެ ދައުރު ފުޅާކުރާނެ ކަމަށާއި ބޭސްވެރި ކަމުގައި ބޭނުންކުރާ އާލާތްތައް، ބަލި ކޮންޓްރޯލް ކުރުމާއި ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ދުނިޔެއަށް ސަޕްލައި ކުރުމުގައި ވެސް އެހެން ގައުމަކަށް ވުރެ ކުރީގައި ޗައިނާ އޮންނާނެ ކަމަށްވެސް ޗައިނާ ސަރުކާރުން މިވަނީ ބުނެފައިއެވެ.

ޗައިނާއިން ޑަބްލިޔުއެޗްއޯއަށް ދޭ ރަސްމީ ފަންޑިންގެ ފާއިތުވި 2020 ވަނަ އަހަރު ވަނީ އެޖަމިއްޔާއަށް 50 މިލިއަން ޑޮލަރު އިތުރަށް ދީފައި ވެއެވެ. އެއީ ކޮވިޑާ ގުޅިގެން އަދި އެމެރިކާއިން އެ ޖަމިއްޔާއަށް އެހީ ދިނުން ހުއްޓާލުމާ ގުޅިގެން ލިބިދާނެ ގެއްލުން ފޫބެއްދުމަށެވެ.

ޗައިނާއިން މިފަދައިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ މުއާމަލާތް ކުރާނެކަން އާންމުވުމާ ގުޅިގެން ޔޫރަޕަށާއި އެމެރިކާއަށް މީހުން ދަނީ ފާޑުކިޔައި ނަފުރަތު ކުރަމުންނެވެ. އެގޮތުން ޗައިނާއާ ރަޝިއާއިން ދުނިޔެއަށް ދޭ އެހީތެރިކަން ނަމޫނާއަކަށް ބަލައި މުއްސަނދި ގައުމުތަކުން މުށް ހުޅުވާލާކަށް ނުވޭތޯ ދަނީ ސުވާލު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ