logoEN
Sto top
ޝިފާ ހޮސްޕިޓަލުގައި ތިބި ދުވަސްނުފުރާ ވިހެއި 31 ކުދިން ޣައްޒާގެ ދެކުނަށް ގެންދަނީ

ޝިފާ ހޮސްޕިޓަލުގައި ތިބި ދުވަސްނުފުރާ ވިހެއި 31 ކުދިން ޣައްޒާގެ ދެކުނަށް ގެންދަނީ

އައިޝަތު އިފާޝާ

logo

11/19/2023, 11:13:14 PM

Untitled-1

އަލްޝިފާ ހޮސްޕިޓަލުގައި ތިބި އެންމެ ނާޒުކު ބަލިމީހުންނާއި ދުވަސްނުފުރާ ވިހެއި ތުއްތު ކުދިން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލުތަަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Wamco

މިދިޔަ ބުދަ ދުވަހު ޝިފާ ހޮސްޕިޓަލު ސަރަހައްދާއި ހޮސްޕިޓަލު ތެރޭގައި ޔަހޫދީ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނާއި ގުޅިގެން ތެލާއި ސިއްހީ ސާމާނު ނުލިބުމުގެ ސަބަބުން އިންކިއުބޭޓަރުން ނަގާފައިވާ 39 ކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ ޝަހީދުވެފައެވެ.

އެކުދިން މިވަގުތު ގެންދަނީ ޣައްޒާގެ ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލަށެވެ. މިކުދިން ޝިފާ ހޮސްޕިޓަލުން ނެރެފައިވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ ހަ އެމްބިއުލާންސުން ކަމަށާއި، އެ މެޑިކަލް އިވެކުއޭޝަންގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އާއި ގުޅިގެންނެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒަކައުތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލްޝިފާ ހޮސްޕިޓަލުގައި ދުވަސް ނުފުރާ އުފަންވި 31 ތުއްތު ކުދިން ތިން ޑޮކްޓަރުންނާއި ދެ ނަރުހުންނާއެކު މިސްރަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ޔަހޫދީ އިސްރާއީލުން ގެންދަނީ އަލްޝިފާ ހޮސްޕިޓަލަކީ ހަމާސް ޖަމާއަތުން ކޮމާންޑް ސެންޓަރެއް ހިންގާ ތަނެއް ކަމަށާއި، ހަމާސްގެ ޓަނަލްތައް ޝިފާ ހޮސްޕިޓަލުގެ ތިރީގައި ތިބި ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ހެއްކެއް މިހާތަނަށް ޔަހޫދީންނަށް ދެއްކިފައިނުވެއެވެ.

ޔަހޫދީ އިސްރާއީލުގެ އެ ތުހުމަތުތައް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މެނޭޖްމަންޓް އަދި ހަމާސް ޖަމާއަތުންވެސް ދޮގުކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside