އިންޑިއާގެ ޗެންނާއީން ލަންކާގެ ވިޔަފާރިވެރިޔަކު ވަގަށް ނަގައިފި

އިންޑިއާގެ ޗެންނާއީއަށް ވިޔަފާރީގެ ބޭނުމަކަށް ދިޔަ އުމުރުން 50 އަހަރުގެ ލަންކާ ވިޔަފާރިވެރިއަކު ގޭންގަކުން ވަގަށް ނަގާފައިވާ ކަމަށް އިންޑިއާ އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގެ ފުލުހުން މިހާރު އެވިޔަފާރިވެރިޔާ ސަލާމާތްކޮށްފައިވާއިރު، އެ މައްސަލައާ ގުޅިގެން އަންހެނަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޗެންނާއީގެ އުތުރުގެ މަންނާޑީގެ ޕެރީސް ކޯނަރުގައި ވިޔަފާރީގެ ބޭނުމެއްގައި އުޅެމުން ދިޔަ ލަންކާގެ މުހައްމަދު ޝިޔާމް ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަނާ ނަގަރް ވެސްޓްގެ ކޭ ޗިތުރާ (43) އާއި އަނާ ނަގަރު ވެސްޓް ކޭކޭ ނަގަރް ވެސްޓްގެ އެމް ރިޔާޒް އަސްކަރް (47) އާއި ވެސްޓް ކޭކޭ ނަގަރުގެ ޖީ ވެލްމުރުގަން (41) އަދި ވެސްޓް ކޭކޭ ނަގަރުގެ ކޭ ދިނޭޝް (31) އެވެ.

އިންޑިއާގެ ފުލުހުން ބުނީ ޝިއާމްއާއި އެެކު ޗެންނާއީގައި ހުރި އޭނާގެ އަންހެން ދަރި ކޮންޓްރޯލް ރޫމަށް ފޯނު މެދުވެރިކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުދަ ދުވަހު އޭނާގެ ބައްޕަ ވަގަށް ނެގި ކަމަށް ބުނާ މީހަކު އޭނާއަށް ގުޅައި އޭނާ ދޫކޮށްލުމަށް 15 ލައްކަ ރުޕީސް ދިނުމަށް އެދުނު ކަމަށް އޭނާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ބީ-1 ނޯތު ބީޗް ފުލުހުން ވަނީ އަންހެން ދަރިއަށް ގުޅި ފޯނު ނަންބަރު ޓްރެކްކޮށް، އެ ހަތަރު މީހުން ހައްޔަރުކޮށް ޝްޔާމް ސަލާމަތްކޮށްފަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް