logoEN
cocacola
ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

އަހުމަދު ޝުރާއު

logo

3/6/2021, 12:44:06 PM

large_155903017837mEuY

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮޕަރޭޝަނަލް ލެވެލް، ލެވަލް ދެއަކަށް މަތިކުރެވި އަހަރީ ޗުއްޓީ ދިނުން ވަނީ ހުއްޓާލާފައިއެވެ. އަދި އޮޕަރޭޝަނަލް ހާލަތާއި ގުޅިގެން ޗުއްޓީ ހިފެހެއްޓުމަކީ އަބަދުވެސް އަމަލު ކުރަމުން ގެންދާ އުސޫލެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިސަރު މައުލޫމާތު ދެއެވެ.

އެހެން ނަމަވެސް މުވައްޒިފުންނަށާއި އާއިލާގެ މެންބަރުންނަށް ދިމާވާ އިމަޖަންސީ ކަންކަމާ ގުޅިގެންނާއި ކައިވެނި ކުރުން ފަދަ މުހިންމު ކަންކަމާ ގުޅިގެން ދޭ ޗުއްޓީތަށް ދެމުން އަންނަ ކަމަށްވެސް މީޑީއާ އޮފިސަރު ވިދާޅުވިއެވެ.

ފުލުހުން ބުނީ ޗުއްޓީގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް މުވައްޒިފަކު މިހާތަނަށް ޝަކުވާ ހުށައަޅާފައިނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކުގައި ޗުއްޓީގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ފުލުހުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުންތަކެއް އުފެދި ފުލުހުން ޝަކުވާ ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ