ޝިފާ ހޮސްޕިޓަލުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި 20 މީހުން ޝަހީދުވެފައިވޭ

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް އިސްރާއީލު ސިފައިން އަރައި ފާސްކުރަމުން ދާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި 20 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބުން މުހިންމު މެޑިކަލް އިކުއިޕްމަންޓްތައް މަސައްކަތް ކުރުން ހުއްޓިފައި އޮތުމުގެ ސަބަބުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކި ޑިޕާޓްމަންޓްތަކުގައި ތިބި 24 މީހަކު މަރުވެފައިވާ ކަމަށެވެ.

އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ މީޑިއާތަކަށް ވިދާޅުވީ ރޭ އެކަނިވެސް 22 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ޣައްޒާގެ އުތުރުގައި އިސްރާއީލުން ހިންގަމުންދާ އެއްގަމު ޙަމަލާތަކުގެ މައިގަނޑު އަމާޒަކަށް މި ޞިއްޙީ މަރުކަޒު ވެފައިވާއިރު، އެތަނަށް ހިޔާވަހިކަން ހޯދަމުންދާ އެތައް ސަތޭކަ ބަލިމީހުންނާއި އެތައް ހާސް އާންމުންގެ ޙާލަތާމެދު ބައިނަލްއަޤްވާމީ ފެންވަރުގައި ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ސްޕެޝަލް ފޯސަސްއިން ވަނީ އެފެސިލިޓީ އަށް ވަދެ ފާސްކޮށް އެތަނުގައި ތިބި މީހުން ހައްޔަރުކޮށް ތަހުގީގުގެ ނަމުގައި އަނިޔާކުރަމުންނެވެ.

އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ހަމަލާތައް ދިނުމަށް ހޮސްޕިޓަލުގެ ތިރީގައި ހުންނަ ޓަނަލް ކޮމްޕްލެކްސްއެއް ބޭނުން ކުރެ އެވެ. ހަމާސް އާއި ހޮސްޕިޓަލުގެ އޮފިޝަލުން އަންނަނީ ތަކުރާރުކޮށް އިސްރާއީލުގެ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް