އިސްރާއީލުން ދެއްކި ވާހަކަ ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ދޮގުކުރައްވައިފި

ޣައްޒާގައި ހުންނަ އަލްޝިފާ ހޮސްޕިޓަލް ހުސްކޮށްދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ކިބައިން ހޮސްޕިޓަލުން އެދުނު ކަމަށްބުނެ އިސްރާއީލުން ދެއްކި ވާހަކަ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ މުހައްމަދު ޒަކުއުތު ދޮގުކުރައްވައިފިއެވެ.

މުހައްމަދު ވިދާޅުވީ، ޔަހޫދީ އަސްކަރިއްޔާއިން ކުރާ ދޮގު ތުހުމަތުތައް ދޮގުކުރައްވާ ކަމަށާއި، ދަތި ހާލުގައިވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ގެންދިޔައީ ބަލި މީހުންނަށް ފަރުވާދެމުން ކަމަށެވެ. އަދި ޔަހޫދީ އަސްކަރިއްޔާއިން ވަނީ ހަތިޔާރުން ބިރުދައްކައިގެން އެތަނުން މީހުން ދާން މަޖުބޫރު ކުރުވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަކޫތު ވިދާޅުވީ ނާޒުކު ހާލަތުގައި ތިބި ބަލިމީހުންގެ ލިސްޓެއް މިސްރަށް ގެންދިއުމަށް ރެޑްކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ޔަހޫދީ އިސްރާއީލުން ގެންދަނީ ޝިފާ ހޮސްޕިޓަލަކީ ހަމާސް ޖަމާއަތުގެ އަސްކަރީ ބޭސް އެއް ހިންގާކަމުގެ ތުހުމަތުކޮށް އެތަނަށް ވަދެގަނެ އެތައް ޖަރީމާއެއް ހިންގަމުންނެވެ. އަދި އެތަނުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ބަރަހަނާ ކުރުމަށްފަހު އަނިޔާކޮަށް ތަހުގީގުކޮށްފައެވެ.

ޔަހޫދީންގެ މި ތުހުމަތުތައް ހަމާސް ޖަމާއަތުން ވަނީ ދޮގުކޮށްފައެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، ޔަހޫދީ އަސްކަރިއްޔާއިން ހޮސްޕިޓަލުގައި ޖަރީމާތައް ހިންގަމުންދާ ކަމަށް މީގެ ކުރިން ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް