ލުބުނާނުން އިސްރާއީލަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފި

ލުބުނާނުން ޔަހޫދީ އިސްރާއީލުގެ އުތުރުގެ ސިޓީތަކަށް ވަރުގަދަ ހަމަލާތަކެއްް މިއަދު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މީގެ ކުޑައިރުކޮޅެއް ކުރިން ލުބުނާނުން ވަނީ، ޔަހޫދީ އިސްރާއީލުގެ އުތުރުގެ ސަރާއާއި ޝްތޫލާ ސިޓީއަށް އަމާޒުކޮށް 25 އަށްވުރެ ގިނަ ރޮކެޓް ހަމަލާ ދީފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، މި ހަމަލާތައް އަމާޒުވެފައިވަނީ ހުސްބިން ތަކަށް ކަމަށާއި، މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، މި ހަަމަލާތައް ފޮނުވާލި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައި ކަމަށާއި، މިހާރު ހިޒްބުﷲ ޖަމާއަތުގެ ތަންތަނަށް ހަމަލާތައް ދެމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ…

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް