ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް މިއަދު އެކަނިވެސް 63 ހަށިގަނޑު ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ރޭގެ ވަގުތުތަކުގައްޔާއި މިއަދު ދިން ހަމަލާތަކުގައި ޝަހީދުވި 63 މީހެއްގެ ހަށިގަނޑު ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔަހޫދީ އިސްރާއީލުން ގެންދަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 12،000 އަށްވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރޭގައި 5،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އަދި ޔަހޫދީންގެ ހަމަލާތަކުގައި 3،000 އަށްވުރެ ގިނަ އަންހެނުން ޝަހީދުވެފައިވާއިރު، 400 އެއްހާ އުމުރުން ދުވަސްވީ މީހުން ވަނީ ޝަހީދުވެފައެވެ.

އިތުރު ތަފްސީލު އަންނަނީ…

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް