logoEN
Sto top

ދެއްވަދޫ މޮނީޓަރިންގ ހާލަތު އުވާލައިފި

އަހުމަދު ޝުރާއު

logo

3/5/2021, 8:31:29 PM

ގއ ދެއްވަދޫ މޮނީޓަރިންގ ހާލަތު އުވާލައިފި އެވެ.

Wamco

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ މިކަން ރަސްމީކޮށް ގއ ދެއްވަދޫ ކައުންސިލަށް އަންގާފައިއެވެ. އަދި މި ލިޔުމުގެ ކޮޕީއެއް "ގާފު" އޮންލައިން އަށް ވަނީ ލިބިފައިއެވެ.

ގއ ދެއްވަދޫ މޮނީޓަރިންގ ގެ ހާލަތަށް ގެނެވުނީ 1 މާޗުގައި އެވެ.

އެރަށް މޮނީޓަރިންގ ހާލަތަށް ގެނެވުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ދެމީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ. މިއާއި އެކު އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ އިން ފާހަގަކުރެވުނު ހުރިހާ ފަރާތްތަކުގެ ސާމްޕަލްތަށް ކޮވިޑް-19 އަށް ވަނީ ނައްސިވެފައިއެވެ.

އެޗްޕީއޭއިން ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެރަށުގެ މޮނީޓަރިންގ އުވާލާފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

މީގެ ކުރިންވެސް އެރަށް ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިއެވެ. އެފަހަރު އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ އެރަށުގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19 ފެނުމާއި އެކުއެވެ. އޭރު އެރަށުން 70 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside