logoEN
ޕީއެންސީ 2
ގއ ވާދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގއ ވާދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަހުމަދު ޝުރާއު

logo

3/5/2021, 2:19:26 PM

217221_3_da72ca446db39cf63296dea3c9737d7ce10f01d4

ގދ ވާދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަދިގެއެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ވެއްޖެ އެވެ.

ޝަރީ 2024

" ގާފު " އަށް ވާދޫ ކައުންސިލުން ވަނީ މިކަން ކަށަވަރު ކޮށްދީފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގެއެއްގައި މަސްކައްކަން ގެއާއި ވަކިން ހަދާފައި ހުރި ބަދިގެއެއްގައި އެވެ. އަދި މިހާދިސާގައި ބަދިގޭގެ އިތުރުން ގެއަށްވެސް އަލިފާނުގެ އަސަރު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެރަށުން " ގާފު " އާއި ވާހަކަދެއްވި މީހަކު މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. އަދި އަލިފާންގަނޑު ނިންވާލާފައިވަނީ ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއި އެކު ކަމަށްވެސް އޭނާ މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އަލިފާނުގެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:15 ހާއިރުއެވެ. މިހާދިސާގެ ތަހުޤީޤު މިހާރު ފުލުހުން ވަނީ ފަށާފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ