
Yellow Alert
މޫސުން ގޯސްވެ ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 08:40 އިން 11:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމުގައެވެ.
މިދުވަސްވަރަކީ މޫސުން ގޯސްދުވަސްވަރެއް ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.