ލީގުގައި ބާކީހުރި މެޗުތައް ކުޅުމާއި މެދު ގްރީން ސްޓްރީޓުން މާދަމާ ގޮތެއް ނިންމާނެ

ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހު ލީގުގެ ކުޅުން މެދުކެނޑިފަ އޮތުމަށްފަހު މާދަމާ ލީގުގެ ކުޅުން ފަށަން އެފްއޭއެމް އިން ޝެޑިއުލްކޮށްފައި ވާއިރު، ލީގުގެ ބާކީހުރި މެޗުތައް ކުޅުމާއި މެދު މާދަމާ ބާއްވާ ބޯޑު މީޓިންގައި ގޮތެއް ނިންމާނެ ކަމަށް ގްރީން ސްޓްރީޓުން ބުނެފިއެވެ.

ގާފަށް މައުލޫމާތު ދެއްވަމުން ގްރީން ސްޓްރީޓުގެ ޖެނަރަލް ސެކެޓްރީ ވިދާލުވީ ދިގު މުއްދަތަކަށް ލީގު މެދުކަނޑާލުމަށް ފަހު މާދަމާ އަލުން ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް އެކުލަބުން އަދި ޕްރެކްޓިސް ނުފަށާ ކަމަށާއި އެފްއޭއެމް އާއި ޔޫތް މިނިސްޓްރީގެ ފަރާތުން ލިބެންޖެހޭ މާލީ އެހީތެރިންކަން ނުލިބުމުގެ ސަބަބުން ކުރިއަށްހުރި މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

ކުލަބުން އަދި ފައިނަލް ގޮތެއް ނުނިންމާ ކަމަށާއި މިކަމާއި މެދު ގޮތެއް ނިންމުމަށް މާދަމާގެ ވަގުތެއްގައި ކުލަބުގެ އެމަޖެންސީ ބޯޑް މީޓިންގް އެއް ބޭވުމަށް ހަމަޖެހިފައިވާކަމަށެވެ.

އިތުރު ވާހަކަދައްކަމުން ޖެނަރަލް ސެކެޓްރީ ވިދާލުވީ ލީގުގެ ކުޅުން އަލުން ފެށުމަށް ދެ ދުވަހަށް ވީއިރުވެސް މެޗު ޝެޑިލް ނުލިބޭކަމަށާއި މިމަހުގެ 20 ގައި ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅޭމެޗަށް ޓީމެއް އެކުލަވާލައި ޕްރެކްޓިސް ފެށިދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. ނަމަވެސް ގޮތެއް ނިންމަވާނީ ކުލަބުގެ ވެރިންގެ މެދުގައި މަޝްވަރާކުރުމަށް ފަހު މާދަމާގެ ބޯޑު މީޓިންގައެވެ.

ޕްރެމިއާ ލީގުގައި ގްރީން ސްޓްރީޓުން މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ ފަސް ޕޮއިތންޓާއެކު ލީގު ތާވަލުގެ 7 ވަނައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް