16 އަހަރަށް ފަހު ޔުނައިޓެޑުގެ ސީއީއޯ ރިޗާޑް އާނޯލްޑް އިސްތިއުފާ ދެއްވައިފި

މެންޗެސްޓާ ޔުނައިޓެޑުގައި 16 އަހަރު ހޭދަކުރުމަށް ފަހު އެ ޓީމުގެ ޗީފް އެގްޒެކެޓިވްގެ މަގާމުން ރިޗާޑް އާނޯލްޑް އިސްތިއުފާ ދޭން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި  ރިޗާޑް އިސްތިއުފާ ދިނުމުން ވަގުތީގޮތުން ސީއީއޯގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާނީ ޕެޓްރިކް ސްޓެވާޑް އެވެ. ނަމަވެސް ޖެނެރަލް ކައުންސެލްގައި މިހާރު ހުންނެވި މަގާމުގެ އިތުރުން ޑިސެމްބަރު މަހުގެ ނިޔަލަށް މެނޭޖްމަންޓް ބަދަލުވުމުގެ މަރުހަލާގައި ރިޗާޑް އެހީތެރިވެދިނުމުގައި ދެމިހުންނާނެއެވެ. އަދި މީގެ އިތުރުން އާ ދާއިމީ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ވަނީ ފަށާފައެވެ.

ރިޗާޑްގެ އިސްތިއުފާ އާއި ގުޅިގެން މެންޗެސްޓާ ޔުނައިޓެޑްގެ އެގްޒެކެޓިވް ކޯ ޗެއާމަން ޖޮއެލް ގްލޭޒާ ވިދާޅުވީ ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑަށް ރިޗާޑް ކޮށްދިން އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އޭނާ ކާމިޔާބަށް އެދޭކަމަށެވެ. އަދި އާ ދާއިމީ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ފަށާއިރު އިންތިގާލީ މަރުހަލާ ކުރިއަށް ގެންދިއުމަށް ވަގުތީ ސީއީއޯ ޕެޓްރިކް ސްޓެވާޓްގެ ކިބައިގައި މިކަމަށް ބޭނުންވާ އިލްމާއި ތަޖުރިބާ ހުރުމަކީ ލިބުނު ނަސީބެއް ކަމަށެވެ.

ސީއީއޯ ގެ މަގާމުން އިސްތިޢުފާ ދިނުމަށްފަހު ރިޗަޑް އާނޯލްޑް ވިދާޅުވީ "ވޭތުވެދިޔަ 16 އަހަރު ޔުނައިޓެޑް ފަދަ ބޮޑު ފުޓްބޯޅަ ކްލަބަކަށް ހިދުމަތް ކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ދިމާވި އުނދަގޫ ވަގުތުތަކުގައި އައި އުފާވެރި ވަގުތުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުލަބު ދެމިއޮންނާނީ، އަޅުގަނޑުމެންގެ މުވައްޒަފުންނާއި ސަޕޯޓަރުންގެ ހިތްވަރުގެ ސަބަބުންނެވެ. އަދި އެ ހުރިހާ ބޭފުޅުންގެ ވަފާތެރިކަމާއި އަޒުމަށް ޝުކުރު އަދާކޮށް، ކްލަބާ ގުޅިފައިވާ ހުރިހާ ފަރާތްތަކަށް ކަމިޔާބު މުސްތަގުބަލަކަށް އެދޭ ކަމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް