ނަޕޯލީގެ ކޯޗުކަމުން ރުޑީ ގާސިއާ ވަކިކުރުމަށްފަހު އެމަގާމަށް، އިޓަލީގެ ވޯލްޓާ މަޒާރީ ހަމަޖައްސައިފި

އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީގެ ކޯޗުކަމުގެ މަގާމުން ރުޑީ ގާސިއާ ވަކިކުރުމަށްފަހު އެމަގާމަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު ވޯލްޓާ މަޒާރީ ހަމަޖައްސައިފި އެވެ.

2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ނަޕޯލީއަށް އިރުޝާދު ދިން، އުމުރުން 62 އަހަރުގެ މަޒާރީ ދެ ވަނަ ފަހަރަށް އެޓީމުގެ ކޯޗުކަމާ ހަވާލުވިއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި މިސީޒަނުގައި ލީގުގައި މިހާތަނަށް 12 މެޗު ކުޅެފައިވާއިރު އޭގެތެރެއިން އެޓީމު 6 މެޗުން މޮޅުވިއިރު، 3 މެޗުން ބަލިވެ އަނެއް 3 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ރުޑީ ގާސިއާ

މަޒާރީ އެންމެ ފަހުން އިރުޝާދު ދީފައި ވަނީ އިޓަލީގެ ކަގްލިއާރީ އަށެވެ. އެ މަގާމުން އޭނާ ވަކި ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މަޒާރީ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.

2009 ވަނަ އަހަރު ނަޕޯލީ އާއި ހަވާލުވުމަށް ފަހު މަޒާރީގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅުނު 182 މެޗުގެ ތެރެއިިން 89 މެޗުން މޮޅުވިއިރު އެޓީމު ބަލިވީ 43 މެޗުންނެވެ. އަދި އަނެއް 50 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މީގެ އިތުރުން އޭނާ ވަނީ ނަޕޯލީ އާއެކު އިޓާލިއަން ސްޕަކަޕްގެ ފައިނަލުގައި ކުޅުމުގެ އިތުރުން އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

ނަޕޯލީގައި ހަތަރު އަހަރު ހޭދަ ކުރުމަށްފަހު، އެ ޓީމުގެ ކޯޗުކަމުން އޭނާ ދުރަށް ދިޔައީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިޓާލިއަން ލީގުގެ އިންޓަ މިލާން އަދި ޓޮރީނޯ އަށް ވެސް އިރުޝާދު ދީފަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް