logoEN
Sto top
ބީއެމްއެލް ސްޓާޓަޕް ގްރާންޓުގެ އެހީގައި ސްމާޓް އެގްރިކަލްޗަރ ޕްރޮޖެކްޓެއް!

ބީއެމްއެލް ސްޓާޓަޕް ގްރާންޓުގެ އެހީގައި ސްމާޓް އެގްރިކަލްޗަރ ޕްރޮޖެކްޓެއް!

އަލްފާ އަލީ

logo

11/14/2023, 6:22:10 PM

8

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ސްޓާޓަޕް ގްރާންޓުގެ އެހީގައި ސްމާޓް އެގްރިކަލްޗަރ ޕްރޮޖެކްޓެއް ފަށައިފި އެވެ.

Wamco

ލ. ގަމުގައި ދަނޑުވެރިކަން ކުރާ އާއިޝަތު ލިއުޝާ ވަނީ ބީއެމްއެލް ސްޓާޓަޕް ގްރާންޓުގެ އެހީގައި ސްމާޓް އެގްރިކަލްޗަރ ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައެވެ.

undefined

މި މަޝްރޫޢުގެ މަޤްޞަދަކީ، ފެންހިންދުމަށް ސޯލާއިން ބޭނުންކުރާ ނިޒާމެއް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމެވެ. މި މަސައްކަތުގައި ގަސްކާނާ އުފެއްދުމަށް ހާއްސަ މެޝިންތަކެއްވެސް ބޭނުންކުރާނެ އެވެ. ލިއުޝާ ވަނީ މި ޕްރޮޖެކްޓް މެދުވެރިކޮށް މުޅި ރާއްޖެއަށް ދަނޑުވެރިކަމުގެ އުފެއްދުންތައް މޮނިޓާ ކުރުމަށް މޮބައިލް އެޕެއް ވެސް އުފައްދައިފަ އެވެ.

undefined

ލިއުޝާގެ އުއްމީދަކީ، ރާއްޖޭގައި ދުޅަހެޔޮ، ރައްކާތެރި އުފެއްދުމެއް އުފައްދައި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ، އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside