logoEN
Sto top
ބެންޒެމާގެ ހެޓްރިކާއެކު އަބާ އަތުން އިއްތިހާދަށް މުހިންމު ތިން ޕޮއިންޓް

ބެންޒެމާގެ ހެޓްރިކާއެކު އަބާ އަތުން އިއްތިހާދަށް މުހިންމު ތިން ޕޮއިންޓް

ހަސަން ޝަމްއޫން

logo

11/11/2023, 9:06:46 AM

IMG_20231111_090552

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން އަބާ އަތުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދުން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކަރީމް ބެންޒީމާ އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަބާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މިހާފުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވާޑް ކާލް ޓޯކޯ އެކަމްބާއި އެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އިއްތިހާދުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އިގޯ ކޮރޮނާޑޯ އެވެ. މިއީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި އަލް އިއްތިހާދުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބުކުރިއިރު އޭގެ ދެމިނެޓު ފަހުން އުތުރު ލަނޑެއް ކާމިޔާބުކޮށް ބެންޒެމާ ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 11 މެޗުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ.

އަބާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ފަހާދު ޖުމައްޔާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 13 މެޗުން އަލް އިއްތިހާދަށް 24 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަބާ އިން ލީގުގައި ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ 13 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside