logoEN
Sto top
ތާވޮން އަތުން މޮޅުވެ އަލް ހިލާލް އިން އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފި

ތާވޮން އަތުން މޮޅުވެ އަލް ހިލާލް އިން އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފި

ހަސަން ޝަމްއޫން

logo

11/11/2023, 8:44:51 AM

FB_IMG_1699674170992

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލް ތާވޮން އަތުން މޮޅުވެ އަލް ހިލާލް އިން ލީގު ތާވަލުގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

Wamco

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އަލް ހިލާލްގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އަށެވެ.

ފުރަތަަމަ ހާފުގައި 18 ވަނަ މިނެޓުގައި އަލް ތާވޮންގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި މިޓްރޮވިޗް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މީގެއިތުރުން، ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މިޓްރޮވިޗް ވަނީ އެޓީމަށް ލަނޑެއް ވެސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން އަލް ހިލާލްގެ ކުޅުންތެރިއަކު ފައުލުކޮށްފައިވާތީ އެއީ ރަނގަޅު ލަނޑެއް ނޫންކަމަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ.

މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މުހައްމަދު ކަނޯ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 13 މެޗުން އަލް ހިލާލްއަށް 35 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ތާވޮން ލީގުގައި ކުޅުނު 13 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside