logoEN
WAMCO TOP 1
އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ޕްރޮގްރާމެއް ބާއްވައިފި

އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ޕްރޮގްރާމެއް ބާއްވައިފި

އަލްފާ އަލީ

logo

11/9/2023, 11:11:54 AM

img-3736 (1)

އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

THE TRAVELLER AD

މިއީ މި މަހުގެ 6 އިން 9 އަށް އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ)ގެ ވަފުދުން ރާއްޖެއަށްކުރަމުންދާ ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

ކޭޕީކޭގެ ތަޖުރިބާކާރު ބޭފުޅުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އިންޑޮނޭޝިޔާގައި އެސެޓް ރިކަވަރީގެ މަސައްކަތް ކުރެވޭ ގޮތާއި ރިޝަވަތުގެ ކުށް ތަހުޤީގުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކޭޕީކޭއިން ކުރަމުންގެންދާ މަސައްކަތްތަކާއި އެކޮމިޝަނުން ކޮށްފައިވާ ބޮޑެތި ތަހުޤީގުތަކާއި އެބޭފުޅުންގެ ތަޖުރިބާ ވަނީ ޙިއްސާކޮށްފައެވެ.

ދެ ދުވަހުގެ މި ޕްރޮގްރާމްގައި ތަޙުޤީގުކުރުމުގެ ދާއިރާއާއި ޕްރިވެންޝަން ދާއިރާގައި އެކި އިދާރާތަކުގައި މަސައްކަތްކުރާ 30 މުވައްޒަފުން ބައިވެރިވިއެވެ.

އޭސީސީގެ އިތުރުން މި ޕްރޮގްރާމްގައި، ފުލުހުންގެ ޚިދުމަތާއި، ޕީޖީ އޮފީސް، ކަސްޓަމްސް، މިނިސްޓްރީ އޮފް ފައިނޭންސް، މީރާ، އަދި ޓްރާންސް ޕޭރަންސީ މޯލްޑިވްސްއިން މުވައްޒަފުން ބައިވެރިވިއެވެ.

ކޮމެންޓް
ފަހުގެ
HDC