logoEN
Sto top
އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު މުމްބާއީ ސިޓީ އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް

އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު މުމްބާއީ ސިޓީ އަތުން އަލް ހިލާލްއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

11/6/2023, 11:26:10 PM

IMG_20231106_225714

އޭއެފްސީ ޗެންޕިްއަންސް ލީގް ގުރޫޕް ޑީގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން މުމްބާއީ ސިޓީ ބަލިކޮށް އަލް ހިލާލް އިން ގުރޫޕްގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މިދިޔަ މަހު މި ދެޓީމު ސައުދީގައި ކުޅުނު މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން އަލް ހިލާލް ކާމިޔާބު ކުރި ނަމަވެސް މިރޭގެ މެޗުގައި މުމްބާއީ ސިޓީގެ ފަރާތުން ވަނީ މޮޅު ދިފާއީ ކުޅުމެއް ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފުގައި އަލް ހިލާލް އިން ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މުންބާއީ ސިޓީ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މިހާފުގެ ވަރަށް ކުރީކޮޅު އެޓީމުގެ މެހެތާބް ސިންގ އަށް މެޗުގެ ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

މިމެޗުގައި އަލް ހިލާލް އިން ލީޑު ހޯދީ ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މައިކަލް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު މުޙައްމަދު އަލް ބުރައިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ.

މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގެ އޭއެފްސީ ޗެންޕިްއަންސް ލީގްގައި ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށް އަލް ހިލާލް އިން ވަނީ ގުރޫޕްގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި މުމްބާއީ ސިޓީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާ އިރު ބާކީ ދެ މެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside