logoEN
cocacola
އަމިއްލަ ދަނޑުގައި އަލް ޖަވިޔާ އިން އަލް އިއްތިހާދު ބަލިކޮށްފި

އަމިއްލަ ދަނޑުގައި އަލް ޖަވިޔާ އިން އަލް އިއްތިހާދު ބަލިކޮށްފި

ހަސަން ޝަމްއޫން

logo

11/6/2023, 11:00:05 PM

IMG_20231106_225620

އޭއެފްސީ ޗެންޕިްއަންސް ލީގް ގުރޫޕް ސީގައި މިރޭ އަމިއްލަ ސައުދީ ޕްރޮފެޝަނަލް ލީގު ޗެމްޕިއަން އަލް އިއްތިހާދް އާއި ދެކޮޅަށް އިރާގުގެ އަލް ޤުވާ އަލް ޖަވިޔާ އިން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ޖަވިޔާ އިން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ނަމަވެސް މި ދެޓީމު މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ސައުދީގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އިއްތިހާދުން ނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އަލް ޖަވިޔާ އިން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޢަލީ ޖާސިމް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް މޮހަންނަދު އަބްދުއްރަހީމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ޖަވިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އަލް ޖަވިޔާ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 7 ވަނަ މިނެޓުގައި އަލް ޖަވިޔާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮހަންނަދު އަބްދުއްރަހީމް އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު އިބްރާހިމް އިބްރަހީމް ބަޔޭޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ޖަވިޔާގެ ލަނޑަށްފަހު އަލް އިއްތިހާދުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އަލް ޖަވިޔާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން އަލް ޖަވިޔާ އަށް 7 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އިއްތިހާދަށް ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ