logoEN
ޕީއެންސީ 2
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :  ވަރުގަދަ ހުއްޓޭކޮޑާ ބަލިކޮށް ހޯބަހަކުން ސެމީއަށް

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ވަރުގަދަ ހުއްޓޭކޮޑާ ބަލިކޮށް ހޯބަހަކުން ސެމީއަށް

އަހުމަދު ޝުރާއު

logo

3/4/2021, 9:28:40 PM

DSC_0742

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ހުއްޓޭކޮޑާ އާއި ހޯބަހަކުން ވާދަކުރި މެޗުން ހޯބަހަކުން މޮޅުވެ ގްރޫޕް B ގެ ދެވަނައިގައި އޮވެ އެޓީމް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޝަރީ 2024

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު ހޯބަހަކުން ކާމިޔާބުކުރީ 11-9 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.

މިމެޗުގެ ހޯބަހަކުންގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 12) ފާތިމަތު ފައިރޫޒާ އާދަމް 2 ގޯލް ، (ޖާޒި ނަމްބަރު 13) ލައުހާ ހުސައިން 2 ގޯލް ، ( ޖާޒީ ނަމްބަރު 14) ފާތިމަތު އަރުޝާ 3 ގޯލް ، ( ޖާޒީ ނަމްބަރު 6) ޒުލައިހާ އިބްރާހިމް 2 ގޯލް ، ( ޖާޒީ ނަމްބަރު 11) ލައުޝާ ހުސައިން 1، ( ޖާޒީ ނަމްބަރު 9) ޝިބާހަތު ހަނީފް 1 ގޯލްއެވެ.

އަދި ހުއްޓޭކޮޑާގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 10) ޔާދަވް ޖާންވީ 7 ގޯލް , ( ޖާޒީ ނަމްބަރު 12) އައިޝަތު އައިމާ 2 ގޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހޯބަހަކުންގެ ގޯލް ކީފަރު ޖާޒީ ނަމްބަރު 1 ފާތިމަތު އީމާ ޔޫސުފް އެވެ.

ސެމީ ފައިނަލްސްގައި ހޯބަހަކުން ވާދަކުރާނީ ގްރޫޕް A ގެ އެއްވަނަ ޓީމް އައުޓްލޯޒް ކުއީންސް އާއި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ