logoEN
Sto top
ލަލީގާ: ރަޔޯ ވަޔޮކާނޯ އާއި އެއްވަރުވެ، ރެއާލް މެޑްރިޑަށް އެއްވަނަ މަގާމް ގެއްލިއްޖެ

ލަލީގާ: ރަޔޯ ވަޔޮކާނޯ އާއި އެއްވަރުވެ، ރެއާލް މެޑްރިޑަށް އެއްވަނަ މަގާމް ގެއްލިއްޖެ

ހަސަން ޝަމްއޫން

logo

11/6/2023, 8:23:05 AM

IMG_20231106_082136

ސްޕެނިޝް ލަލީގާގެ ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ރެއާލް މެޑްރިޑަށް ލީގު ތާވަލުގެ އެއްވަނަ މަގާމު ގެއްލިއްޖެ އެވެ.

Wamco

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ރަޔޯ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެޓީމުގެ އުރުގުއާއީ މިޑްފީލްޑަރު ފެޑްރިކޯ ވަލްވެޑޭ އަށާއި ފޯވާޑް ހޯސެލޫގެ އިތުރުން ޑިފެންޑަރު ޑޭވިޑް އަލަބާ އަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ރެއާލް މެޑްރިޑުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އޭގެ ތެރެއިން އެއް ފުރުސަތެއްގައި އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 12 މެޗުން ރެއާލް މެޑްރިޑަށް 29 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި މިވަގުތު އޮތީ 12 މެޗުން 31 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ. އަދި މިމެޗުން ހޯދި އެއް ޕޮއިންޓާއެކު ރަޔޯ ވަޔޮކާނޯ އިން ވަނީ 12 މެޗުން 18 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside