ގާފު ފެންޓަސީ ޕްރެމިއާ ލީގުގެ އޮކްޓޯބަރު މަހުގެ އެއްވަނަ މެނޭޖަރުގެ މަގާމު ޒަފިރު އަބްދުالله އަށް
ހަސަން ޝަމްއޫން
11/5/2023, 4:54:38 PM
IMG_20231105_165109_669
ގާފު ފެންޓަސީ ޕްރެމިއާ ލީގުގެ އޮކްޓޯބަރު މަހުގެ އެއްވަނަ މެނޭޖަރުގެ މަގާމު ޒަފިރު އަބްދުالله (ndo!) ހޯދައިފިއެވެ.
މިއަހަރުގެ ގާފު ފެންޓަސީ ޕްރެމިއާ ލީގުގައި 370 އަށް ޓީމު ބައިވެރިވެފައިވާއިރު، ކޮންމެ މަހެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ މެނޭޖަރަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ލީގު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ މެނޭޖަރަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
އޮގަސްޓް މަހުގެ 12ވަނަ ދުވަހު ޕްރެމިއާ ލީގުގެ ކުޅުން ފެށިއިރު، މިދިޔަ މަހުގެ އެއްވަނަ ހަސަން އިބްހަމް ހޯދީ 305 ޕޮއިންޓާއެކު އެވެ. ނަމަވެސް އިބްހަމް ފަހަތަށް ޖައްސާލުމަށްފަހު ޒަފިރު އަބްދުالله އޮކްޓޯބަރު މަހުގެ އެއްވަނަ މަގާމު ހޯދީ 246 ޕޮއިންޓާއެކުގައެވެ.
އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ޒަފިރު އަބްދުالله ވަނީ 59 ޕޮއިންޓް، ދެވަނަ ހަފްތާގައި 113 ޕޮއިންޓް، ތިންވަނަ ހަފްތާގައި 74 ޕޮއިންޓް ހޯދާފައެވެ.
ގާފު ފެންޓަސީ ޕްރެމިއާ ލީގުގެ ފުރަތަމަ 10 ހަފުތާގެ ކުޅުން ނިމުނުއިރު، ލީގުގެ އެއްވަނައިގައި 698 ޕޮއިންޓާއެކު އޮތީ އަލީ ލަބީބް މުހައްމަދު (އަލީ ލަބީބު ސީއާރު7) އެވެ. ދެވަނަގައި އޮތް ހަސަން އިބްހަމް (ޕިންޕޮން އެފްސީ) އަށް 689 ޕޮއިންޓް ލިބިފައިވާއިރު ލީގުގެ ތިންވަނައިގައި މިވަގުތު އޮތީ 680 ޕޮއިންޓާއެކު ހަސަން ޝާމިލް (ޝައިލް) އެވެ.
ގާފު ފެންޓަސީ ޕްރެމިއާ ލީގު އޮކްޓޯބަރު މަހުގެ ގަދަ ފަހެއް:
1- އަލީ ލަބީބް މުހައްމަދު (އަލީ ލަބީބު ސީއާރު7) 698 ޕޮއިންޓް
2- ހަސަން އިބްހަމް (ޕިމްޕޯ އެފްސީ) 689 ޕޮއިންޓް
3- ހަސަން ޝާމިލް (ޝައިލް) 680 ޕޮއިންޓް
4- މައިސޫން އަބްދުﷲ (ބްލޯ) 675 ޕޮއިންޓް
5- އަހުމަދު ނާފިލް (ސާނޭ ކާނޭ މާނޭ) 673 ޕޮއިންޓް
ގާފު ފެންޓަސީ ޕްރެމިއާ ލީގު ކޯޑް: 6cls45